ޙިކްމަތޭ އިސްލާމް: ސ. 102 | ކޮށިތަރުޖަމާ: މުޙައްމަދު ޝަފީޤް
ޤުރުއާނުގެ 95 ވަނަ ސޫރަތުގައި އިންސާނާއާއި ބެހޭގޮތުން ތާރީޚީ ޤާނޫނެއްގެ ވާހަކަ މިވަނީ އަންގަވާފައެވެ. ބައެއް ތާރީޚީ ހެކިތަކެއް ހުށަހަޅުއްވަމުން އިރުޝާދު ކުރައްވަވަނީ:
“ތިމަން الله އިންސާނާ އެހެން ކޮންމެ އެއްޗަކަށްވުރެ ފުރިހަމައަށް ގަދަފަދަކޮށް ރިވަތި ސޫރާގައި ހެއްދެވީމެވެ. ދެންފަހެ ތިމަން الله އެއިންސާނާ ހުރިހާ އެއްޗަކަށްވުރެ ދަށުދަރަޖައަކަށް ވައްޓަވައިލެއްވީމެވެ. އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަބަޔަކު މެނުވީއެވެ. އެބަޔަކަށް މަނާވުމެއްނެތް ދަރުމަ ކަނޑައެޅިގެންވެއެވެ.” (އައްތީން: 4-6)
ޤުރުއާނުގެ މިއާޔަތްތަކުން އަންގަވާދެެއްވާފައި މިވަނީ އިންސާނާއަށް ދެއްވިގެންވާ (POTENTIAL) ގެ އިތުބާރުގެ ސަބަބުން މަޚްލޫޤާތްތަކުގެެ އެންމެ މަތީ ދަރަޖަ ލިބިގެންވާކަމެވެ. އެކަމަކު އެ ޤާބިލިއްޔަތު ކަނޑައެޅުނު ދަރަޖަ އާއި ހަމައަށް ވާސިލް ވެވޭނީ ހަމައެކަނި ތިމާ ހެއްދެވުމުގެ އިސްކީމް ޝުޢޫރީ ގޮތުން ދަނެގަނެ އޭގެ މައްޗަށް ދިރިއުޅުމުގެ އެންމެހާ ކަންކަމެއް ކަނޑައެޅުނު ބަޔަކަށެވެ. އެހެން އެކަން ނުކުރެވުނު ބަޔަކު ނަމަ ހުރިޙާ ޤާބިލިއްޔަތު ކަމެއް ލިބިގެންވުމާއި އެކުވެސް ދުނިޔޭގެ ޙަޔާތް މަޙްރޫމްގެ ކޭސްއަކަށް ގޮސް ނިމިދާ ހުއްޓެވެ.
ދެއްވިގެންވާ ޤާބިލިއްޔަތުގެ ބޭނުން ފައިދާހުރި ގޮތުގައި ހިފުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފުރަތަމަ ޝަރުޠަކީ ވިސްނުމާއި ފިކުރުގެ ޒަރީޢާއިން ހެއްދެވިގެންވާ ގޮތާއި ބެހޭގޮތުން އެނގިގަތުމެވެ. އެއަށްފަހު ހެއްދެވިގެންވާ ފުރިހަމަ ޗާޓްގެ މައްޗަށް ރިއާޔަތްކޮށް އެއާއި އެއްގޮތަށް މެދުނުކެނޑި އަމަލު ކުރަމުން ކުރިއަށް ދިއުމެވެ. ޙައްޤަކީ ކޮބައިކަމާއި، ނުޙައްޤަކީ ކޮބައިތޯ ވަކިކުރަން އެނގި ނުޙައްޤުތަކާއި ދުރުވެހުރެ ޙައްޤުގެ މަތީ ސާބިތުވެހުރުމެވެ.
“ޤާބިލިއްޔަތު” އެއީ الله ދެއްވި މަތިވެރި ނިޢުމަތެކެވެ. އެއިން ރަގަޅު ނަތީޖާ ހޯދުމަކީ އިންސާނާގެ ޒާތީ ކަމެކެވެ. މީހަކަށް އޭނާގެ ޒާތީ ފިއުލުގެ ޙިއްސާ ޒިންމާދާރު ކަމާއިއެކު އަދާކުރުމުގައި ނާކާމިޔާބު ވެއްޖެނަމަ އެދެން އަބަދަށްޓަކައި ނާކާމިޔާބުވީއެވެ. އެހެން އެއްވެސް އެއްޗަކުން އެކަމުން ސަލާމަތްވުމުގެ މަގު ނުފެންނާނެކަން ކަށަވަރެވެ.
وآخر دعوانا أن الحمد لله رب العالمين
23 ސެޕްޓެމްބަރ 2016
٢١ ذُوالْحِجَّة ١٤٣٧


Leave a Reply